Thinadhoo School, GD, Thinadhoo
  	<language>en</language>
Thinadhoo School, GD, Thinadhoo
ޤުރްއާން މުބާރާތުން  ތިނަދޫ ސްކޫލަށް ފަޚުރުވެރި 1ވަނަ
 34
ތިނަދޫ ކައުންސިލުން އިންތިޒާމްކޮށްގެން، ތިނަދޫގެ ސްކޫލްތަކާއި، ޤުރްއާން ކްލާސްތަކުގެ އިތުރުން އަމިއްލަގޮތުންވެސް ވާދަކުރެވޭ ގޮތަށް ބޭއްވި 9ވަނަ ޤުރްއާން މުބާރާތުގެ ބަލައިގެން ކިޔެވުމާއި ހިތުން ކިޔެވުމާއި ދެ ގޮފިން އެއްކޮށް މުޅިމުބާރާތުގެ ފަޚުރުވެރި 1ވަނަ ތިނަދޫ ސްކޫލުން ޙާޞިލް ކޮށްފިއެވެ.  ބަލައިގެން ކިޔެވުމުގެ ގޮފީގައި  34 ދަރިވަރުންނާއި ހިތުން ކިޔެވުމުގެ ގޮފީގައި 32 ކުދިންނާއެކު ޖުމްލަ 66 ދަރިވަރުން މި މުބާރާތުގެ 5 ޢުމުރުފުރާގައި މި ސްކޫލުން ވާދަކޮށް ގިނަ ކާމިޔާބީތަކެއް ޙާޞިލް ކޮށްފައި ވެއެވެ.  މިގޮތުން ލިބުނު ކާމިޔާބީތަކުގެތެރޭގައި؛
ސާވިސް ޗާޓަރ
 ސާވިސް ޗާޓަރ
Isvaarunnah Magaam Havaalukurun
    		<description>މި ސްކޫލުގެ ދަރިވަރުންގެތެރެއިން 2020ވަނަ އަހަރަށް ހޮވުނު ދަރިވަރުގެ އިސްވާރުންނަށް މަޤާމް ޙަވާލުކުރުމުގެ ރަސްމިއްޔާ 15 ސެޕްޓެމްބަރ 2020 ވަނަ ދުވަހުގެ ރޭ 8:30ގައި ބޭއްވިއްޖެއެވެ.  މިރަސްމިއްޔާތުގައި، މި ސްކޫލުގެ 41ދަރިވަރަކަށް ޕްރިފެކްޓްކަން ޙަވާލުކުރެވުނުއިރު ދަރިވަރުންގެ އިސްވާރުންގެ މަޤާމް 17 ދަރިވަރުންނާ ޙަވާލުކުރެވުނެވެ.  'ގޫގުލް މީޓާ'އި 'ފޭސްބުކު'ން ދާދިވަރުކޮށް ކުރިޔަށް ގެންދެވުނު މި ރަސްމިއްޔާތުގައި، މި ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިން އަދި ހުރިހާ މުއައްޒަފުން ބައިވެރިވެލެއްވިއެވެ.  މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ތަޢުލީމަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ، އެވިޑް ކޮލެޖުގެ ބާނީ ޢަބަދުﷲ މުސްތާޤް ރަޝާދެވެ.  ލީޑަރެއްގެ ކިބައިގައި ހުރުން މުހިއްމު ސިފަތަކާއި،  ރިވެތި އަޚުލާޤުގައި ހިފުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި، ޝަރަފްވެރި މެހުމާނު ވާހަކަފުޅުދެއްކެވިއެވެ.  ހ
Math Camp 2019
    		<description>މި ސްކޫލުގެ 'މެތު ކޭމްޕް' (ހިސާބު ކޭމްޕް) 18 އޮކްޓޫބަރ 2019 ވަނަ ދުވަހު ބޭއްވިއްޖެއެވެ.  ގްރޭޑް 4، 5 އަދި 6ގެ ދަރިވަރުންނަށް ބޭއްވުނު މި ކޭމްޕްގައި، ހިސާބު މާއްދާއިން ދަރިވަރުންނަށް އުދަގޫވާ ބައެއް ކޮންސެޕްޓްތައް ދަރިވަރުންނަށް ފަސޭހައިން ވިސްނޭނެހެން، ދިރިއުޅުމާ ގުޅުވައިގެން އޮޅުން ފިލުވައިދިނުމުގެ ގޮތުން ދަރިވަރުން ގަޔާވާފަދަ ޙަރަކާތްތަކެއް ގެންދެވުނެވެ.  މިގޮތުން ތުރީޑީ ޝޭޕްތައް ހެދުމާއި، ދިގުމިން، ބަރުދަން، ޕެރިމީޓަރ، އޭރިއާ، ވޮލިއުމް ހޯދުންފަދަ މަސައްކަތްތައް ޢަމަލީގޮތުން ކުރުމުގެ ފުރުޞަތު މި ކޭމްޕުން ދަރިވަރުންނަށް ފަހިކޮށްދެވުނެވެ. ވ 
Teachers' Day 2019
    		<description>ވަ 2019 ވަނަ އަހަރުގެ މުދައްރިސުންގެ ދުވަސް 6 އޮކްޓުބަރ ގައި، ވަރަށް ކުލަ ގަދަކޮށް މި ސްކޫލުގައި ފާހަގަ ކުރެވުނެވެ.  ޤައުމު ބިނާކުރުމަުގައި މުދަްރިސުންގެ ދައުރުގެ މުހިއްމުކަން ފާހަކުރުމާއެކު، މުދައްރިސުން ކުރައްވާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ބޭނުމުގައި ފާހަގަކުރި މި ދުވަސް ފެށުނީ 7:00 ގައި މުދައްރިސުން ސްކޫލަށް ޙާޟިރު ވުމާއެކު އެސް.އެމް.ޓީގެ މެމްބަރުންގެ ފަރާތުން ކޮންމެ މުދައްރިސަކަށް ވެދުންކުރެވުނު ފިނިފެންމަލަކުންނެވެ.  ޕީ.ޓީ.އޭގެ ބެލެނިވެރިންނާއި، ސްކޫލުގެ އަމުރުވެރި ދަރިވަރުންވެސް ބައިވެރިވި މި ޙަރަކާތަށްފަހު ދެންއޮތީ މުދައްރިސުންގެ ޝަރަފުގައި އޮތް ރިފްރެޝްމެންޓެކެވެ.  އެއަށްފަހު ދެން އޮތީ މުދައްރިސުންގެ ދުވަހަށް ޚާއްޞަކޮށްގެން ބޭއްވި އެސެމްބްލީއެވެ.  މި އެސެމްބްލީގައި މުދައްރިސުންނަށް ޝުކުރާއި ސާބަހުގެ ދެ ލަވަ ދަރިވަރުން ހުށަހަޅައިދިނެވެ.  އަދި އަމުރުވެރި ދަރިވަރުންގެ ފަރާތުން މުދައްރިސުންނަށް ޝަރަފުގެ ކާޑު ޙަވާލުކުރުން އޮތެވެ. ވ
Heylhi Camp 
    		<description>މި ސްކޫލުގެ ސްކައުޓުންނާއި ގާރލްގައިޑުންނަށް ބޭއްވުނު އެއްދުވަހުގެ އޯވަރނައިޓް ކޭމްޕް، "ހޭޅި ކޭމްޕް" މި ސެޕްޓެމްބަރުމަހު 3 ވަނަ ދުވަހު މެންދުރު ފަހު 2:00ން ފެށިގެން 4ވަނަ ދުހުގެ 6:00އަށް ކުރިޔަށް ގެންދެވުނެވެ.  މިއީ، ދަރިވަރުންނަށް،ދިރިއުޅުމުގެ ރީތި އާދަތައް ދަސްކޮށްދީ އެކަންކަން އެ ކުދިންގެ ކިބައިގައި އަށަގެންނުވުމާއެކު، އެކަކު އަނެކަކަށް އިޙުތިރާމް ކުރުމާއި، ވަގުތަށް ޙުރުމަތްތެރިކޮށްހިތުމާއި، އަމިއްލަނަފްސަށް އިތުބާރުކުރަން ދަސްކޮށްދިނުމާއި، ތަފާތު މިޒާޖުގެ ކުދިންނާ އެކުގައިއުޅެން ދަސްކޮށްދިނުމުގެ އިތުރުން ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ބައެއް ހުނަރުތައް ދަސްކޮށްދިނުމުގެ މަޤްޞަދުގައި ބޭއްވުނު ކޭމްޕެކެވެ.  
Beleniveringe Dhuvas Faahagakurun
    		<description>މި ސްކޫލުގެ ބެލެނިވެރިންގެ  ދުވަހުގެ ޙަރަކާތްތައް 29 ސެޕްޓެމްބަރ 2019 ވަނަ ދުވަހު ފެށިގެން ކުރިޔަށް ގެންދެވިފައި ވެއެވެ.  މިއީ މި ސްކޫލުގެ މުދައްރިސުންނާއި ބެލެނވެރިންގެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ މަޤުޞަދުގައި ހިންގުނު ޙަރަކާތްތަކެކެވެ.  މިގޮތުން ހިންގުނު ޙަރަކާތްތަކުގެތެރޭގައި
29 ސެޕްޓެމްބަރގައި ބައިސްކަލް ބުރަކާއި ވައުދެމުން
31 ސެޕްޓެމްބަރގައި އޮބްސްޓަކްލް ރޭސް
2 އޮކްޓޫބަރގައި ދަރިވަރުންގެ ފަރާތުން ބެލެނިވެރިންނަށް ކާޑު ހަދިޔާކުރުން
Inter school Science Fair in Fakhuruveri Kaamiyaabeethakeh Libijje
    		<description>ގދ.އަތޮޅު ތަޢުލީމީ މަރުކަޒުން އިންތިޒާމްކޮށްގެން، 25 ސެޕްޓެމްބަރ 2019 ގައި ބޭއްވުނު އިންޓަރ ސްކޫލް ސައިންސް ފެއަރގައި މި ސްކޫލުން ބައިވެރިވެ، ފަޚުރުވެރި ކާމިޔާބުތަކެއް ލިބިއްޖެއެވެ.  މި ސްކޫލުގެ އިތުރުން، އަބޫބަކުރު ސްކޫލާއި ގދ.އަތޮޅު ތަޢުލީމީ މަރުކަޒުން ބައިވެރިވި މި ފެއަރގައި މިސްކޫލުގެ ގްރޭޑް 4، 5، އަދި 6ން ޖުމްލަ 12 ޕްރޮޖެކްޓެއްގައި 72 ދަރިވަރުން ބައިވެރިވެފައި ވެއެވެ.  ތިނަދޫ ކައުންސިލުން ސްޕޮންސަރ ކޮށްގެން ބޭއްވުނު މި ފެއަރގައި އެކި ގްރޭޑްތަކުން ބައިވެރިކުރި ޕްރޮޖެކްޓްތަކުގެތެރެއިން،
ގްރޭޑް 4 ން 2 ވަނަ
Inter house 5 vana Madhaha Mubaaraaiy 
    		<description>މި ސްކޫލުގެ އިންޓަރހައުސް 4 ވަނަ މަދަޙަ މުބާރާތް ސެޕްޓެމމްބަރ 18 އަދި 19 ވަނަ ދުވަހު ކުރިޔަށް ގެންދެވުނެވެ.  މި މުބާރާޓުގައި މި ސްކޫލުގެ ހަތަރު ހައުސުން ޖުމްލަ 115 ދަރިވަރުން ވާދަކޮށްފައިވެއެވެ.  މި މުބާރާތަކީ މި ސްކޫލުގެ ދަރިވަރުންގެމެދުގައި އިސްލާމް ދީނާއި ކީރިތި ރަސޫލާ އަށް ލޯބި ޖެއްސުމާއެކު ކީރިތި ރަސޫލާގެ ސީރަތަށް ދަރިވަރުން ހޭލުންތެރި ކުރުވުމުގެ އިތުރުން ދަރިވަރުންގެ ކިބައިގައި މަދަޙަ ކިޔުމުގެ ހުނަރު ކުރިއެރުވުމުގެ މަޤުޞަދުގައި ބޭއްވުނު މުބާރާތެކެވެ.  5 ޢުމުރުފުރައަކަށް ބާލައިގެން ކުރިޔަށް ގެންދިޔަ މި މުބާރާތުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ޔާގޫތު ހައުސްގެ މަރްޔަމް ތީޖާން ސިނާނެވެ.  ފެންފިޔާޒް ހައުސްގެ ޔަނާލް ޢަބްދުﷲ ޝަރީފް މުޅި މުބާރާތުން ދެވަނަ ހޯދާފައިވާއިރު 3 ވަނަ ޙާޞިލް ކޮށްފައިވަނީ ޔާގޫތު ހައުސްގެ އަޝްހަމް އަޙުމަދު ވަޙީދެވެ.  މުޅި މުބާރާތުން 3 ވަނަ ހައުސްއަކަށް ފެންފިޔާޒް ހައުސް ހޮވިފައިވާއިރު 2 ވަނަ ޙާޞިލް ކޮށްފައިވަނީ ޔާގޫތު ހައުސެވެ.  އަދި މުޅި މުބަރާތުގެ ފަޚުރުވެރި 1 ވަނަ ޙާޞިލް ކޮށްފައިވަނީ ފީރޯޒް ހައުސެވެ.  މި މުބާރާތުގައި ފަނޑިޔާރުކަން ކޮށްދެއްވީ މޯލްޑިވިއަން އައިޑޮލްއިން މަޝްހޫރުވި ކުޅަދާނަ ލަވަކިއުންތެރިޔާ މުޙައްމަދު ޒަލީފް ޢަބްދުﷲއާއި، ތިނަދޫގައި މިޒިކުގެ ދާއިރާއިން ފުންނާބު އުސް ލަވަކިޔުންތެރިއެއްކަމަށްވާ އިބްރާހީމް އަސްޢަދުގެ އިތުރުން، ދިވެހިބަހަށް ކުޅަދާނަ ބޭފުޅެއްކަމުގައިވާ ޢަދުނާނު އިސްމާޢިލްވެ.  މި މުބާރާތް ނިންމުގެ ރަސްމިއްޔާތުގައި މުބާރާތުގައި ބައިވެރިވި ދަރިވަރުންނާއި ފަނޑިޔާރުންނަށް ހަނދާނީ ލިޔުން ދިނުމުގެ އިތުރުން، ވަނަވަނައަށް ހޮވުނު ދަރިވަރުންނަށް ސެޓްފިކެޓް ދިނުމާއި މުބާރާތުން 1 ވަނަ ހޯދި ދަރިވަރުންނަށް ތަށްޓާއި،  ސެޓޤފިކެޓް ދިނުން 
Kids' Camp 2019
    		<description> މި ސްކޫލުގެ ކިޑްސް ކޭމްޕް، 12 ސެޕްޓެމްބަރ 2019 ވީ ބުރާސްފަތި ދުވަހު  މި ސްކޫލުގައި ބޭއްވިއްޖެއެވެ.  ސްކޫލުގެ ހުރިހާ ދަރިވަރުންނަށް ބޭއްވުނު މި ކޭމްޕް  ހެނދުނު 7:00ން އިރު އޮއްސި 6:00 އާ ހަމައަށް ކުރިއަށް ގެންދެވުނެވެ.  މި ކޭމްޕުގައި ދަރިވަރުންގެ ޢުމުރާ ގުޅޭގޮތަށް، އެ ކުދިން ގަޔާވާފަދަ، އުނގެނުމުގެ ތަފާތު ޙަރަކާތްތައް ކުރިޔަށް ގެންދެވުނެވެ.  ހެނދުނުގެ ކަސްރަތާއެކު ފެށުނު މި ކޭޕުގައި ކްރިއޭޓިވް ޒޯނަކާއި، ޗެލެންޖް ޒޫނުގެ އިތުރުން އެޑްވެންޗަރ ޒޯނަކާއި ފިނިމައިޒާނުގެ އިތުރުން ސިނަމާ ހޯލުގައި އެކިއެކި ޙަރަކާތްތައް ގެނދެވުނެވެ.  މި ކޭމްޕް ކާމިޔާބުކަމާއެކު ގެންދިއުމުގައި މި ސްކޫލުގެ އެންމެހައި މުއައްޒަފުންނާއި ބެލެނިވެރިންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމާއި އެއްބާރުލުން ލިބިފައިވެއެވެ.  މި ކޭމްޕް ކުރިޔަށް ގެންދިއުމުގައި، ޖައިޝަމް އަޙުމަދު، މުޙައްމަދު އަޚްތަރު، ޒަމިތު ޖަމީލް، މާނިިޝް ޞަލާޙް، މައިޝަމްގެ އިތުރުން ތިނަދޫ ޕޮލިސް ސްޓޭޝަނުގެ އެހީތެރިކަން ލިބިފައި ވެއެވެ.  މ 
Uniform Harakaaiythakuge Huvaikurumuge Rasmiyyaathu
    		<description>މި ސްކޫލުގެ ޔުނީފޯމު ޙަރަކާތްތަކުގައި ބައިވެރިވާ ދަރިވަރުންގެ ހުވައި ކުރުމުގެ ރަސްމިއްޔާތު މިއަދު  (11 ސެޕްޓެމްބަރ 2109) މި ސްކޫލުގައި ކުރިޔަށް ގެންދެވުނެވެ.  މި ރަސްމިއްޔާތުގައި މި ސްކޫލުގެ ސްޓަރ ދަރިވަރުންނާއި، ޕްރީ-ކަބް ދަރިވަރުންގެ އިތުރުން ކަބްސްކައުޓާއި ލިޓްލްމެއިޑް އަދި ގާރލް ގައިޑުންގެ ތެރެއިން 134 ދަރިވަރުން ހުވައި ކޮށްފައި ވެއެވެ.  މި ސްކޫލުގެ ހުރިހައި ދަރިވަރުންނާއި މުދައްރިސުން ބައިވެރިވި މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާނަކީ އަބޫބަކުރު ސްކޫލުގެ ޕްރިންސިޕަލް އަދި ގައިޑް ލީޑަރ ޖަމްޝީދާ ޢަބްދުﷲ އެވެ. މީގެ އިތުރުން ޕްރެޒިޑެންޓް ސްކައުޓް އަނޫފް އަޙުމަދު މި ރަސްމިއްޔާތުގައި،  ޚާއްޞަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.  މި ރަސްމިއްޔާތުގައި ހުވައިކުރި ދަރިވަރުންނަށް ސެޓްފިކެޓާއި، ބެޖާއި، ސްކާފް ޙަވާލު ކޮށްދެއްވީ ޝަރަފްވެރި މެހުމާނާއި، ޚާއްޞަ މެހުމާނުގެ އިތުރުން މި ސްކޫލުގެ ޔުނީފޯމު ޙަރަކާތްތަކުގެ ލީޑަރުންނެވެ.  މި ރަސްމިއްޔާތުގައި ދަރިވަރުންގެ ފަރާތުން މުނިފޫހިފިލުވުމުގެ އައިޓަމްތަކެއް ހުށަހެޅިއެވެ.  ކުލަގަދަ ގޮތެްގައި މި ރަސްމިއްޔާތު ކުރިޔަށް ގެންދިއުމުގައި މި ސްކޫލުގެ އެންމެހައި ސްޓާފުންނާއި ބެލެނިވެރިންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމާއި އެއްބާރުލުން ލިބިފައި ވެއެވެ.   މ
Little Einstein's Lab -  Science Fair 2019
    		<description>ތިނަދޫ ސްކޫލުގެ ސައިންސް ފެއަރ 2019 ބޭއްވިއްޖެއެވެ.  މި ފެއަރ ބޭއްވިފައިވަނީ 19 އޮގަސްޓް 2019 (ހޯމަ) ދުވަހު ހެނދުނު 8:30ން ފެށިގެންނެވެ.  މިފެއަރގައި ފައުންޑޭޝަން ސްޓޭޖް އަދި ކީ ސްޓޭޖް 1 ން ޖުމްލަ 125 ދަރިވަރުން ބައިވެރިވެފައިވެއެވެ. މި ފެއަރއަކީ، އާ ކަރިކިޔުލަމްގެ ސައެންސާއި ޓެކްނޮލޮޖީގެ މައިގަޑު ލަނޑުދަނޑިތައް ހާސިލް ކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދެވުނު ހަރަކާތެކެވެ.  ދަރިވަރުންނަކީ ބަވަނަވެފައިވާ މުޖްތަމަޢަކަށް ލޯ ހުޅުވިފައިވާ، ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރާ، ޒިންމާދާރު ލީޑަރުންތަކެއް ބިނާކުރުމަކީވެސް މި ފެއަރގެ މަޤްޞަދެކެވެ. މީގެ އިތުރުން، ކެރިންގެން ވާހަކަދައްކުމާއި، ކުރެވޭ ސުވާލުތަކަށް ފަސްނުޖެހި ޖަވާބުދޭން އެނގޭ ދަރިވަރުންތަކެއް ބިނާކުރުމުގެ އިތުރުން، ކަންކަން ހޯދައި، ވިސްނާ، މާތްﷲ ގެ ކުޅަދުންވަންތަކަން އަބަދުމެ ހަނދާންކުރާ، ދީންވެރި ދަރިވަރުންތަކެއް ބިނާކުރުމާއި، އެހެން ކުދިންނާ އެކުގައި ގުޅިގެން މަސައްކަތްކުރެވޭ އެކުވެރި ދަރިންތަކެއް ބިނާކުރުމަކީވެސް މި ފެއަރގެ މަޤްޞަދުތަކުގެތެރޭގައި ހިމެނޭ ކަންކަމެވެ.    ބައިވެރިވުމަށް ބޭނުންވާ ހުރިހާ ދަރިވަރުންނަށް ހުޅުވާލެވިފައިވާ މިފެއަރގައި ތައްޔާރުކުރި ޕްރޮޖެކްޓްތައް ތައްޔާރުކުރުމުގައި ބެލެނިވެރިންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވެއެވެ.   މި ފެއަރ ކުރިޔަށް ގެންދިއުމުގައި، ސްކޫލްގެ ހުރިހާ ޓީޗަރުން، އެސް.އެމް.ޓީގެ އެންމެހައި މެމްބަރުން، ވަކިން ޚާއްސަކޮށް ފައުންޑޭޝަން ސްޓޭޖް އަދި ކީސްޓޭޖް 1 ގެ ހުރިހާ ސައެންސް ޓިޗަރުންނާއި ބެލެނިވެރިންގެ އިތުރުން، އެޑްމިނިސްޓްރޭޓިވް ސްޓާފުން އަދި މަސައްކަތު މީހުންގެ އެހީތެރިކަން ވަރަށް ފުރިހަމައަށް ލިބިފައި ވެއެވެ. ނ
2019 Vana Aharu Inter school Mubaaraaiythakun Libunu Kaamiyaabu Faahangakurun
    		<description>މިއަހަރު ބޭއްވުނު އިންޓަރ ސްކޫލް މުބާރާތްތަކުގެތެރެއިން މި ސްކޫލުން ބައިވެރިވި މުބާރާތްތަކުން ލިބުނު ކާމިޔާބީ ފާހަނގަ ކުރުމުގެ ގޮތުން ޚާއްޞަ އެސެމްބްލީއެއް ބޭއްވިފައި ވެއެވެ.  މި އެސެމްބްލީގައި، މި ސްކޫލުގެ ދަރިވަރުން ބައިވެރިވި، އިންޓަރ ސްކޫލް މުބާރާތްތައް ކަމުގައިވާ 22 ވަނަ އިންޓަރ ސްކޫލް އެތުލެޓިކްސް މީޓާއި، 22 ވަނަ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ އިތުރުން ތިނަދު ކައުންސިލުގެ 7 ވަނަ ޤުރުއާން މުބާރާތުން ލިބުނު ކާމިޔާބީތައް ފާހަނގަކޮށް އެ މުބާރާތްތަކުން ވަނަވަނަ ޙާޞިލް ކުރި ދަރިވަރުންނަށް ސެޓްފިކެޓާއި، މެޑެލާއި، ޓްރޮފީ ޙަވާލު ކުރެވުނެވެ.  މި މުބާރާތްތަކުގައި ބައިވެރިވި ދަރިވަރުންނަށް މި އެސެމްބްލީގައި ރަތްދޫލައިގެ މަރުޙަބާއެއް ކިޔާފައިވެއެވެ.  އެސެމްބްލީ ޝަރަފްވެރި ކޮށްދެއްވީ ތިނަދޫ ކައުންސިލުގެ ރައީސް އިބްރާހީމް އަސްޢަދާއި ކައުންސިލް މެމްބަރު އަމްޖަދު ޙަސަނުގެ އިތުރުން ޕީ.ޓީ.އޭގެ ނާއިބުރައީސް ޖީޒާ ޙަސަނާއި އެތުލެޓިކްސްއިން ރަން މެޑަލް ޙާޞިލް ކޮށްފައިވާ ތިނަދޫގެ ބައެއް އެތުލީޓުންނެވެ.  މ
Inter house 7 vana Quran Mubaaraaiy Nimmumuge rasmiyyathu Baavvaifi
    		<description>ތިނަދޫ ސްކޫލުގެ އިންޓަރހައުސް 7ވަނަ ޤުރުއާން މުބާރާތް ނިމުމުގެ ރަސްމިއްޔާތު 31 ޖުލައި 2019 (ބުދަ) ދުވަހުގެރޭ ތިނަދޫ ސްކޫލުގެ ޖައްރާފާ މާލަމުގައި ބޭއްވުނެވެ.  ބަލައގެން ކިޔެވުމުގެ ގޮފީގައިި 113 އަދި ހިތުން ކިޔެވުމުގެ ގޮފީގައި 51 ދަރިވަރުން، ޖުމްލަ 164  ދަރިވަރުން ބައިވެރިވި މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާނަކީ މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެން ޑް ހެރިޓޭޖް އޮނަރަބްލް ޔުމްނާ މައުމޫނެވެ.  މީގެ އިތުރުން  ތިނަދޫގައި ހިންގާ ޤުރުއާން ކްލާސްތަކުގެ މަސްއޫލުވެރިންނާއި ޤުރުއާން އުނގަންނައިދިނުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ ގިނަ ޢަދަދެއްގެ ޢިއްޒަތްތެރިން، އަބޫބަކުރު ސްކޫލުގެ ޕްރިންސިޕަލް ޖަމްޝީދާ ޢަބްދުﷲ އަދި ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޒް މުޙައްމަދު ޒާހިރު ޙަސަން، ޚާއްޞަ މެހުމާނުންގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވި މި ރަސްމިއްޔާތު ރޭގަނޑު 8:45 ން 10:30ށް ކުރިޔަށް ދިޔައެވެ.  މ
Thinadhoo Council ge 7 vana Quran Mubaaraathun, Thinadhoo Schoolun ragalhu kaamiyaabee eh hoadhaifi
    		<description>ގދ.ތިނަދު ކައުންސިލުން އިންތިޒާމްކޮށްގެން ތިނަދޫގެ ހުރިހާ ސްކޫލްތަކާއި ޤުރުއާން ކްލާސްތަކުގެ އިތުރުން ޢާންމުންނަށް ހުޅުވާލައިގެން، ޖުލައި މަހުގެ 25ން 27ށް ކުރިޔަށް ގެންދިޔަ ، ކައުންސިލުގެ 7 ވަނަ ޤުރުއާން މުބާރާތުގައި މި ސްކޫލުގެ ޓީމުން ގިނަ ކާމިޔާބީތަކެއް ޙާޞިލްު ކޮށްފިއެވެ.  200 އަށްވުރެ ގިނަ  ބައިވެރިން ވާދަކުރި މި މުބާރާތުގައި މި ސްކޫލުން ބައިވެރިވި ދަރިވަރުން ވަނީ އެ ދަރިވަރުން ވާދަކުރި ޢުމުރުފުރާ ތަކުން ހޮވި 30 ވަނައިގެތެރެއިން 15 ވަނަ ޙާޞިލް ކޮށްފައެވެ.  މިގޮތުން މި ސްކޫލަށް ލިބުނު ވަނަތަކުގެތެރޭގައި، މ
Sagaafee Mahaasamaa 
    		<description>ޘަޤާފީ މަހާސަމާ މި ޖުލައިމަހުގެ 14 އިން 15 އަށް މި ސްކޫލުގައި ބާއްވިައިފައި ވެއެވެ.  މި ޙަރަކާތަކީ، ދަރިވަރުންގެ މުޤައްރަރުގައި ހިމެނޭ މުހިއްމު އެއް ސްޓްރޭންޑް ކަމުގައިވާ 'ކަލްޗަރ' އާ ބެހޭ މަޢުލޫމާތު ދަރިވަރުން ޝައުޤުވެރިވާފަދަ ތަފާތު ގޮތަކަށް ދިނުމުގެ މަޤުޞަދުގައި 2 ދުވަހުގެ މުއްދަތަށް ހިންގުނު ޙަރަކާތެކެވެ.  މި މަހާސަމާއިން، ދަރިވަރުންނަށް ދަސްކޮށްދެވުނު ކަންތައްތަކުގެތެރޭގައި، ދިރިއުޅުމުގެ ވެއްޓާ ގުޅޭ އަގުތަކާއި، ބަދަލުވަމުންދާ ޘަޤާފަތްތަކާއި، އެހެން މީހުންނާ ގުޅިގެން އުޅުމާއި، ދޭހަވުމާއި ދޭހަކޮށްދިނުމުގެ އިތުރުން ޘަޤާފަތްތައް އައިސްފައިވަނީ އެކިކަހަލަ ޤަބޫލްކުރުންތަކާ ގުޅިގެންކަންފަދަ ބައިތައް ހިމެނެއެވެ.  މި މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން މުއާޞަލާތުގެ އެހާރާއި މިހާރު، ވިޔަފާރީގެ އެހާރާއި މިހާރު، މަސްވެރިކަމުގެ އެހާރާއި މިހާރު، ނަކަތްގެލެއްވުމުގެ އެހާރާއި މިހާރުގެ އިތުރުން ދިވެހި މަސައްތަކްތެރިކަމުގެ ތެރެއިން ރޯނުވެށުމާއި، ދަނޑުވެރިކަން، ތަފާތު ސްޓޯލް ތަކުގައި ދައްކައިދީ އެކަންތައްތައް ތަޖުރިބާ ކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ދެވިފައި ވެއެވެ.  މީގެ އިތުރުން، އިހުޒަމާނުގައި ، ތިނަދޫގައި ކުޅެއުޅުނު ތަފާތު ގިނަ ކުޅިވަރުތަކެއް، އެކި ގްރޭޑްތަކުގެ ދަރިވަރުން ހުށަހަޅައި ދީފައިވެއެވެ.  އަދި ދިވެހިންގެ ޘަޤާފަތުގެ ތެރޭގައި ހިމެނޭ ކޭން ތައްޔާރު ކުރާގޮތާއި ކޭމުގައި ހިމެނޭ ކާނާގެ ނަންތަކާއި އެ ކާނާތައް އަމިއްލައަށް ތަޖުރިބާ ކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ދެވުނެވެ.  މި ސްކޫލުގެ ކޭ.ޖީއިން ފެށިގެން ގްރޭޑް 6 ގެ ހުރިހައި ދަރިވަރުން ބައިވެރިވި މި ބޮޑު ޙަރަކާތުގައި ތިނަދޫގެ އަބޫބަކުރު ސްކޫލާއި ތަޢުލީމީ މަރުކަޒުގެ ބައެއް ދަރިވަރުންގެ އިތުރުން ޢާންމުންގެ ގިނަބައަކު ބައިވެ
UK Volunteers aa eku Guide Harakaaiythakeh Feshijje 
    		<description>ގާލްގައިޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި ތިނަދޫގެ 3 ސްކޫލްކަމުގައިވާ ތިނަދޫ ސްކޫލާއި، އަބޫބަކުރު ސްކޫލާއި ގދ.އަތޮޅު ތަޢުލީމީ މަރުކަޒު ގުޅިގެން މި 3 ސްކޫލުގައި ހިމެނޭ ސްޓަރ، ލިޓްލްމެއިޑް އަދި ގާރލް ގައިޑު ދަރިވަރުންނަށް ޚާއްޞަ ޙަރަކާތްތަކެއް މިއަދުންފެށިގެން 2 ދުވަހުގެ މުއްދަތަށް ކުރިޔަށް އެބަދެއެވެ. މި ޙަރަކާތްތައް ކުރިޔަށް މިދަނީ އިނގިރޭސި ވިލާތުގެ 6 ގައިޑު ލީޑަރުންގެ އެހީތެރިކަމާއެކު އިގިރޭސި ވިލާތުގައި މި ޙަރަކާތްތައް ގެންދާ ގޮތުގެ ތަމްރީންތައް މި ސްކޫލްތަކުގެ ދަރިވަރުންނަށާއި ލީޑަރުންނަށް ލިބޭފަދަ ގޮތަކަށް ފަރުމާ ކޮށްގެންނެވެ.  މި ޙަރަކާތް ކުރިޔަށް ގެންދިއުމުގައި ތިނަދޫ ކައުންސިލާއި ގދ.އަތޮޅު ކައުންސިލުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ސްކޫލްތަކަށް ލިބިފައިވެއެވެ.  މީގެ އިތުރުން ސްކޫލްތަކުގެ ގައިޑް، ކަބް،އަދި ސްޓާރ ލީޑަރުންނާއި ބެލެނިވެރިންގެ މަދަދާއި އެއްބާރުލުން މި ޙަރަކާތަށް ލިބިފައި ވެއެވެ.  މ  
22 Vana Inter-scool Athletics meetun Thinadhoo School Ran Vnathakah....
    		<description>ޖ 23 ޖޫން އިން 27 ޖޫންއަށް ގދ.ތިނަދޫ ޒޯން ސްޓޭޑިއަމްގައި ކުރިޔަށްދިޔަ އިންޓަރ ސްކޫލް އެތުލެޓިކްސް މީޓުގައި 13 އަހަރުން ދަށުގެ އަންހެން   ކުދިންގެ  ޗެމްޕިއަންކަމާއި 13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ރަނަރއަޕް ކަން ތިނަދޫ ސްކޫލުގެ ޓީމު ހޯދައިފިއެވެ.   ދިވެހިރާއްޖޭގެ ހުރިހައި ސްކޫލްތަކަށް ހުޅުވާލައިގެން ބޭއްވުނު މި މުބާރާތުގައި މާލެއާއި، އައްޑޫ، ފުއައްމުލަކާއި، ގއ.އާއި ގދ.ގެ ސްކޫލްތަކުގެ އިތުރުން  ދ އަތޮޅާއި ލ.އަތޮޅުގެ 29 ސްކޫލަކުން 600އަށް ވުރެ ގިނަ އެތުލީޓުން ވާދަކޮށްފައިވެއެވެ. ތިނަދޫ ސްކޫލަކީ  ޕްރައިމަރީ ސްކޫލަކަށް ވުމާއެކު މި މުބާރާތުގައި ތިނަދޫ ސްކޫލުން ބައިވެރި ވެފައިވަނީ ހަމައެކަނި 13 އަހަރުން ދަށުގެ ޢުމުރުފުރާގައި 24 އެތުލީޓުންނެވެ.  މި ޢުމުރުފުރާގައި ތިނަދޫ ސްކޫލުން ބައިވެރިވި ހުރިހައި އަންހެން ދަރިވަރުންނަށް ރަން މެޑަލް ލިބިފައިވާއިރު މި ސްކޫލުން ބައިވެރިވި ހުރިހައި ފިރިހެން ދަރިވަރުންނަށް ސިލްވަރ މެޑަލް ލިބުމަކީ މި މުބާރާތުން މި ސްކޫލަށް ލިބުނު ވަރަށް ފަޚުރުވެރި ކާމިޔާބީއެކެވެ.  މި ޓީމުގެ ކޯޗުންގެ ގޮތުގައި މަސައްކަތް ކުރައްވާފައިވަނީ މި ސްކޫލުގެ ސްޕޯރޓްސް ސްޕަވައިޒަރ މުޙައްމަދު މުހައިމިނާއި އެޑްމިނިސްޓްރޭޓަރ އަޙުމަދު ޞަދޫގެވެ.  މީގެ އިތުރުން މި ސްކޫލުގެ މުދައްރިސުންގެ އިރުޝާދު މެދުކެނޑުމެއްނެތި ޓީމަށް ލިބިފައިވެއެވެ. އަދި މި ކާމިޔާބު ޙާޞިލު ކުރުމުގައި ބެލެނިވެރިންގެ އެހީތެރިކަމާއި އެއްބާރުލުން އިންތިހާއަށް ލިބިފައި ވެއެވެ.  ކ  
Cub Scout Cub Rally 2019
    		<description>ސްކައުޓް އެސޯސިއޭޝަން އޮފް  މޯލްޑިވްސްގެ ފަރާތުން ބާއްވާ ކަބްރެލީ ގިނަ އަހަރުތަކަކަށްފަހު ރާއްޖޭގެ 3 ސަރަޙައްދެއްގައި ބާއްވައިފިއެވެ.  ޤައުމީ ފެންވަރެއްގައި ބޭއްވުނު މި ކަބް ރެލީ، ހުވަދު އަތޮޅާއި ފުއައްމަލައް އަދި އައްޑޫ ހިމެނޭ ސަރަޙައްދުގެ ހުރިހައި ސްކޫލްތަކަށް އަމާޒުކޮށްގެން ބާއްވާފައިވަނީ ގދ.ތިނަދޫގައެވެ.  މިިއިވެންޓް ތިނަދޫގައި ހޮސްޓް ކޮށްފައިވަނީ ތިނަދޫ ސްކޫލުގެ ފަރާތުންނެވެ.  160 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވި މި ކަބް ރެލީ ކުރިޔަށް ގެންދިއުމުގައިމި ކަބް ރެލީގައި ބައިވެރިވެފައިވަނީ ސ.ފޭދޫ ސްކޫލާއި، ގއ.އަތޮޅު ތަޢުލީމީ މަރުކަޒާއި، ގދ.އަތޮޅު މަދަރުސާގެ އިތުރުން ގދ.ތިނަދޫއިން އަބޫބަކުރު ސްކޫލާއި ތިނަދޫ ސްކޫލެވެ. މި ޙަރަކާތް ކުރިޔަށް ގެންދިއުމަށް، ގދ.ތިނަދޫގައި ހުރި އެކިއެކި މުއައްސަސާތަކުގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ލިބިފައިވެއެވެ.  އެގޮތުން އަބޫބަކުރު ސްކޫލާއި ތިނަދޫ ކައުންސިލާއި، ހުވަދުއަތޮޅު ދެކުނުރި ކައުންސިލް، އަދި ޑރ.ޢަބްދުއަޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އިތުރުން އެމް.އެން.ޑި.އެފް. (ކާނޑެއްދޫ)، ތިނަދޫ ޕޮލިސްގެ އިތުރުން ގދ.އަތޮޅު ތަޢުލީމީ މަރުކަރުގެ އެހީތެރިކަން މި ރެލީއަށް ލިބިފައި ވެއެވެ.  މީގެ އިތުރުންތިނަދޫ ސްކޫލާއި އަބޫބަކުރު ސްކޫލުގެ ބެލެނިވެރިންނާއި މުއައްޒަފުންގެ އެހީތެރިކަން ވަރަށް ފުރިހަމައަށް ލިބިފައި ވެއެވެ.  ހަމަ މިއާއެކު، ތިނަދޫ ސްކޫލާއި އަބޫބަކުރު ސްކޫލުގެ ސްކައުޓް ލީޑަރުންނާއި މުދައްރިސުންގެ އެހީތެރިކަން ވަރަށް ފުރިމައަށް ލިބިފައި ވެއެވެ.  މި ކަބް ރެލީ ކުރިޔަށް ގެނދެވީ ސްކައުޓް އެސޯސިއޭޝަނުގެފަރާތުން މި ކަބް ރެލީގެ ކަންތައްތައް ބެލެހެއްޓެވި ސްކައުޓް ލީޑަރ ފާރިޝްގެ އިރުޝާދާއެކު ތިނަދޫ ސްކޫލުގެ ސްކައުޓް ލީޑަރ ޝިފާ މުޙައްމަދެވެ.  ވ
ޒޯން 7ގެ ސްޓޭޑިއަމް ސާފުކުރުމުގެ މަސައްކަތް
    		<description> ބާވީސްވަނަ  އިންޓަރ ސްކޫލް އެތުލެޓިކްސް މީޓަށް ޒޯން ސްޓޭޑިއަމް 7 ތައްޔާރު ކުރުމުގެ މަސައްކަތުގެތެރެއިން، ސްޓޭޑިއަމް ސާފުކުރުމަށް ތިނަދޫގެ  ހުރިހާ މުއައްސަސާތަކެއް ގުޅިގެން ހިންގި ޙާރާކާތުގައި މި ސްކޫލުން ބައިވެރި ވެއްޖެއެވެ.  މި މަސައްކަތުގައި މި ސްކޫލުގެ ގިނަ މުއައްޒަފުންތަކެއް ބައިވެރިވެ ، ވަރަށް ފޯރިއާއެކު މަސައްކަތް ކޮށްފައިވާކަން ފާހަގަ ކުރެވުނެވެ  
Farukoe 2018
    		<description>ދިވެހިރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުން ، ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކަށާއި ފަރުތަކަށް ދިމާވާ މައްސަލަތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މިނިސްޓްރީ އޮފްް އެޑިއުކޭޝަނުން ކުރިޔަށް ގެންދަވާ 'ފަރުކޮއި' ޕްރޮގްރާމުގެތެރެއިން މި ސްކޫލުގެ 472 ދަރިވަރުން ފަރަށް ފީނައިގެން ތިނަދޫ ދެކުނުފަރާތުގައި އޮންނަ ކޮޑަކަނޑުގެ ފަރު ބެލުމުގެ ޙަރަކާތް ފުރިހަމަ ކޮށްފިއެވެ.  މި ޙަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ އޮކްޓޫބަރ 23، 24، އަދި 25 މި ތިން ދުވަހުއެވެ.  މި ޕްރޮގްރާމް ކުރިޔަށް ގެނދިއުމުގައި މި ސްކޫލުގެ ދަރިވަރުންނާއި މުދައރިސުން ވަރަށް ޝައުޤުވެރިކަމާއެކު ބައިވެރިވިކަން ފާހަގަ ކުރެވުނެވެ.  3 ދުވަހުގެ މުއްދަތަށް ގެންދެވުނު މި ޕްރޮގްރާމުގައި މި ސްކޫލުގެ ބެލެނިވެރިންގެ އިތުރން، ތިނަދޫ ޕްލިސް ސްޓޭޝަނާއި އެމް.އެން.ޑީ.އެފް (ކާނޑެއްދޫ)ގެ އިތުރުން ތިނަދޫ ފަޔަރ ސްޓޭޝަނާއި، ޑރ.ޢަބދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ފަރާތުން ވަރަށް ބޮޑަށް އެހީތެރިކަން ލިބިފައި ވެއެވެ.  މީގެ އިތުރުން، ތިނަދޫ، ތާޖް، ނަސީމުގެ ފަރާތުންނާއި، ގދ.އަތޮޅު ތަޢުލީމީ މަރުކަޒާއި ތިނަދޫ ތޯތާގޭގެ ފަރާތުން ވަރަށް ފުރިހަމަ އެހީތެރިކަމެއް ލިބިފައި ވެ.
The Purples (Fund rising event) 
    		<description>ތިނަދޫ ސްކޫލްގެ ދަރިވަރުންގެ ފަންނަނުވެރި ހުނަރުތަކާއެކު "ދަ ޕާޕްލްސް" ސްޓޭޖް ޝޯވް މިއަދު (19 އޮކްޓޯބަރ 2018) ސްކޫލް ހޯލުގައި ފެށިއްޖެއެވެ. ފުރަތަމަ ޝޯއަށް ވަރަށް ބޮޑު ތަރްޙީބެއް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ. ދެވަނަ ޝޯވް އޮންނާނީ ހުކުރު ދުވަހު 20:30 ގައެވެ
 1
Staff Madhaha Competition 2018.
    		<description>ތިނަދޫ ސްކޫލުގެ މުވައްޒަފުންގެ މަދަޙަ މުބާރާތް 13 އޮކްޓޯބަރ 2018 ވަނަ ދުވަހު ސްކޫލް ހޯލުގައި ކުރިއަށް ގެންދެވިއްޖެއެވެ. މިމުބާރާތް ކުރިޔަށް ގެންދެވުނީ ވަކިވަކިންނާއި ގްރޫޕްކޮށެވެ. ހަތަރު ހައުސްއާއި އެސް.އެމް.ޓީ ގެ މުވައްޒައްފުން ބައިވެރިވެލެއްވި މިމުބާރާތުގެ ވަނަތަކަށް އިނާމު ހުށަހަޅުއްވާފައިވަނީ، ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ނާއިބް އޮނަރަބަލް ޢަބްދުﷲ ޖިހާދުއެވެ. މިމުބާރާތަކީ ޓީޗަރުންގެ ދުވަހާއި ގުޅިގެން ބޭއްވުނު މުބާރާތެކެވެ
 10
INTER HOUSE MADHAHA MUBAARAAI 
    		<description>ތިނަދޫ ސްކޫލުގެ އިންޓަރހައުސް 3 ވަނަ މަދަޙަ މުބާރާތް ފެށިއްޖެއެވެ. 8 ސެޕްޓެމްބަރ 2018 (ހޮނިހިރު) ދުވަހު ހެނދުނު 10:00 ގައި ތިނަދޫ ސްކޫލް ހޯލުގައި ފެށުނު މި މުބާރާތުގެ ފުރަތަމަ ދަންފަޅީގައި 6 އަރުން ދަށާއި 7 އަހަރުން ދަށުގެ ޢުމުރުފުރާގެ ޖުމުލަ 34 ކުދިންވަނީ މަދަޙަ ހުށަހަޅާފައެވެ
ADHABEE FOAVAHI
    		<description>ތިނަދޫ ސްކޫލުގެ ހަތަރު ބައިގެ މެދުގައި ބޭއްވުނު އަދަބީ ފޯވަހި ނިމުމުގެ ރަސްމިއްޔާތު 16 އޮގަސްޓް 2018 ގައި ތިނަދޫ ސްކޫލު ހޯލުގައި ބޭއްވިއްޖެއެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ.ޢަލީ ޝަމީމެވެ. އެމަނިކުފާނުގެ އިތުރުން ދިވެހި ބަހުގެ އުސްތާޛު އަލްފާޟިލް އާދަމް ނަސީރު އިބްރާހީމް އާއި ހިލޭ ސާބަހަށް މަސައްކަތް ކުރުމުގެ ރޮނގުން 2016 ވަނަ އަހަރު ހިތްވަރު ދިނުމުގެ އިނާމު ޙާޞިލް ކުރައްވާފައިވާ ޙަސަން ޝިޔާމު ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން ތިނަދޫގެ ތަޢުލީމީ މުވައްސަސާތަކުގެ އިސްވެރިންނާއި، މުބާރާތްތަކަށް އިންޞާފު ކުރެއްވި ފަނޑިޔާރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ
Enrollment ceremony 2018.
    		<description>ތިނަދޫ ސްކޫލުގެ ޔުނީފޯމް ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ ސްޓަރ، ލިޓްލްމެއިޑް އަދި ގަރލްގައިޑް އެންރޯލް ކުރުމުގެ ރަސްމިއްޔާތު 8 އޯގަސްޓް 2018 ވަނަ ދުވަހު . ހަވީރު ތިނަދޫ ސްކޫލް ހޯލުގައި ބާއްވައިފިއެވެ. މިރަސްމިއްޔާތުގައި އަބޫބަކުރު ސްކޫލުގެ ޕްރިންސިޕަލްގެ އިތުރުން އެސްކޫލުގެ ގައިޑް ލީޑަރުން ބައިވެރިވެ ލެއްވިއެވެ
 2
Investiture 2018 
    		<description>ތިނަދޫ ސްކޫލުގެ ސްކައުޓު އިންވެސްޓިޗަރ ބާއްވައިފިއެވެ. ޕްރީ ކަބް، ކަބް ސްކައުޓް އަދި ސްކައުޓުން ހިމެނޭގޮތަށް ބޭއްވުނު މިރަސްމިއްޔާތުގައި ދުނިޔޭގެ ސްކައުޓް ރައީސް ދެއްވާ ޚާއްޞަ ބެޖް ޙާޞިލް ކުރައްވާފައިވާ އަނޫފް ބައިވެރިވެ އޭނާ އެމަޤާމް ޙާޞިލު ކުރެއްވުމަށް ކުރެއްވި މަސައްކަތް ޙިއްޞާ ކުރެއްވިއެވެ. އަދި ސްކައުޓް ސޭޝް ޙާޞިލް ކުރި ދަރިވަރަށް ސޭޝް ޙަވާލުކޮށް ދެއްވީވެސް އަނޫފް އެވެ. މިރަސްމިއްޔާތުގައި ސްކައުޓުންގެ ފަރާތުން ތަފާތު ހުނަރުވެރި ޙަރަކާތްތައް ހުށަހަޅާފައިވެއެވެ. ރަސްމިއްޔާތު ބޭއްވުނީ 5 އޯގަސްޓް 2018 ވަނަ ދުވަހު ހަވީރު 16:30 ގައި ތިނަދޫސްކޫލް ހޯލުގައެވެ
INTER-HOUSE DRAMA COMPETITION
    		<description>ދިވެހި އަދަބީ ފޯވަހީގެ މުބާރާތްތަކުގެ ތެރޭގައި ހިމެނޭ އަދަބީ ބަހަށް ތަމްޘީލް ކުޅުމުގެ މުބާރާތް ތިނަދޫ ސްކޫލުގެ ހޯލުގައި ބާއްވައިފިއެވެ. ތިނަދޫ ސްކޫލުގެ ހަތަރުހައުސްގެ މެދުގައި ބޭއްވުނު މިމުބާރާތް ބޭއްވިފައިވަނީ 1 އޯގަސްޓް 2018 ވަނަ ދުވަހު 16:15 ގައެވެ 
Parent's week 2018.
    		<description>ތިނަދޫ ސްކޫލުގެ ބެލެނިވެރިންގެ ހަފުތާގެ ޙަރަކާތްތައް ނިންމުން 31 ޖުލައި 2018 ވަނަ ދުވަހުގެރޭ ސްކޫލުގެ ގްރީން އޭރިޔާގައި ބޭއްވިއްޖެއެވެ. ބެލެނިވެރިންގެ ހަފުތާގެ އެކިއެކި މުބާރާތްތަކުން ވަނަވަނައަށް ހޮވިފައިވާ ޓީމް ތަކަށާއި ކުޅުންތެރިންނަށް އިނާމު ދިނުމަށް ބޭއްވުނު ޙަފުލާގައި އެކިއެކި މުބާރާތްތައް ސްޕޮންސަރ ކުރެއްވި ފަރާތްތަކަށް ސްކޫލުގެ ފަރާތުން ހަނދާނީ ލިޔުން ޙަވާލުކުރެވުނެވެ
 6
Parent's week
    		<description>ތިނަދޫ ސްކޫލް ބެލެނިވެރިންގެ ހަފުތާގެ ޙަރަކާތްތައް 24 ޖުލައި 2018 ވަނަ ދުވަހު ފަށައިފިއެވެ. ކޮންމެ ކްލާހަކުން ކޭކް ފެޅުމުގެ ޙަރަކާތަކުން ފެށުނު މިހަފުތާގެ ޙަރަކާތްތައް ޖުލައިމަހުގެ 30 އާއި ހަމައަށް ކުރިޔަށް ދާނެއެވެ. ބެލެނިވެރިންގެ ހަފުތާގައި ކުރިޔަށް ގެންދެވޭ ޙަރަކާތްތަކުގެ ތެރޭގައި ހަތަރު ހައުސްގެ ބެލެނިވެރިން ވާދަ ކުރާ ތަފާތު މުބާރާތްތައް ހިމެނެއެވެ
 5
Suvaalu Mubaaraai
    		<description>ދިވެހި އަދަބީ ފޯވަހީގެ މުބާރާތްތަކުގެ ތެރޭގައި ހިމެނޭ ތާރީޚު ސުވާލު މުބާރާތް ބާއްވައިފިއެވެ. މިސުވާލު މުބާރާތް ބޭއްވުނީ ޖުލައި މަހުގެ 18 ވަނަ ދުވަހު ހަވީރު ތިނަދޫ ސްކޫލް ހޯލުގައެވެ
Raivaru Hushahelhun.
    		<description>ދިވެހި އަދަބީ ފޯވަހީގެ މުބާރާތްތަކުގެ ތެރޭގައި ހިމެނޭ، ރައިވަރު ހުށަހެޅުމުގެ މުބާރާތް، 16 ޖުލައި 2018 ވަނަ ދުވަހު ހަވީރު 4:15 ގައި ތިނަދޫ ސްކޫލް ހޯލުގައި ބާއްވައިފިއެވެ. ޖުމުލަ 62 ދަރިވަރުން  މި މުބާރާތުގައި ރައިވަރު ހުށަހަޅާފައިވެއެވެ
Kuru vaahaka Hushahelhun.
    		<description>ދިވެހި އަދަބީ ފޯވަހީގެ މުބާރާތްތަކުގެ ތެރޭގައި ހިމެނޭ، ކުރުވާހަކަ ހުށަހެޅުމުގެ މުބާރާތް، 5 ޖުލައި 2018 ވަނަ ދުވަހު ހަވީރު 4:15 ގައި ތިނަދޫ ސްކޫލް ހޯލުގައި ބާއްވައިފިއެވެ. ޖުމުލަ 24 ކުދިން ވާހަކަ ހުށަހެޅި މި މުބާރާތުގައި ގިނަ ދަރިވަރުން ވާހަކަ ހުށަހަޅާފައިވަނީ އެކުއްޖެއްގެ ރަށު ބަހުރުވައިންނެވެ
PTA Fund Raising Program
    		<description>ތިނަދޫ ސްކޫލުގެ ޕީޓީއޭ ގެ ފަރާތުން އިންޓަވަލް ދުވަހެއް ފާހަގަ ކޮށްފިއެވެ. 5 ޖުލައި 2018 ވަނަ ދުވަހު ހިންގުނު މި ޙަރަކާތުގައި ދަރިވަރުންނާއި މުވައްޒަފުންނަށް އިންޓަވަލް ލިބޭނެގޮތް ހަމަޖައްސައި ދެވިފައިވެއެވެ
މުވައްޒަފުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދެވުނު މެންދުރުގެ ބުފޭގައި، ތިނަދޫގެ އެކިއެކި މުއައްސަސާތަކުގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ
Khabaru Hushahelhumuge Mubaarai Baavvaifi.
    		<description>ތިނަދޫ ސްކޫލުގެ އަދަބީ ފޯވަހީގެ ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ ޚަބަރު ހުށަހެޅުމުގެ މުބާރާތް ޖުލައިމަހުގެ 3 ވީ އަންގާރަ ދުވަހު ބާއްވައިފިއެވެ. 11 އަހަރުން ދަށާއި، 13 އަހަރުންދަށް އަދި 16 އަހަރުން ދަށުގެ ޢުމުރުފުރާތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވުނު މިމުބާރާތުގައި ޖުމުލަ 33 ދަރިވަރުން ޚަބަރު ހުށަހަޅާފައިވެއެވެ
މިފަދަ މުބާރާތްތައް ބޭއްވުމުގެ މަޤްޞަދަކީ ދަރިވަރުންގެ ކިބައިގައިހުރި ހުނަރުތައް އިތުރަށް ތަރައްޤީކޮށް، ކުރިއެރުވުމެވެ
                                                       ބެލެނިވެރިންގެ ބައްދަލުވުން
ސްކޫލް ޑިޖިޓަލައިޒިންގ ޕްރޮގްރާމަށް ބެލެނިވެރިން އަހުލުވެރިކުރުމަށްޓަކައި ބެލެނިވެރިންގެ ޢާންމު ބައްދަލުވުމެއް ބާއްވައިފިއެވެ.  މި ބައްދަލުވުމުގައި މި ސްކޫލުގެ 337 ބެލެނިވެރިންނާއި ސްކޫލުގެ ހުރިހާ މުއައްޒަފުން ބައިވެރިވިއެވެ.  މި ބައްދަލުވުމުގައި 2018 ވަނަ އަހަރުގެ ފުރަތަމަ ޓާމުގައި ސްކޫލް ހިގާފައިވާ ގޮތާއި، ދެވަނަ ޓާމުގައި ސްކޫލުގައި ކިޔަވައިދިނުން ރޭވިފައިވާ ގޮތުގެ މަޢުލޫމާތު ޕްރިންސިޕަލް ދެއްވިއެވެ. ފ
މިއަހަރުގެ ދެވަނަ ޓާމުގައި ކިޔަވައިދޭ ބައެއް ގަޑިތަކުގައި ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދިނުމަށް ހަމަޖެހިފައިވާތީ އެކަމާ ގުޅޭގޮތުން ބެލެނިވެރިންނަށް މަޢުލޫމާތު ދެވުނެވެ.  އެގޮތުން ޓެބްލެޓް ބޭނުންކުރުމުގައި ދަރިވަރުން އަދި ބެލެނިވެރިން ޢަމަލުކުރާނޭގޮތާއި، އުނގަންނައިދިނުމުގައި ޓެބްލެޓް ބޭނުންކުރާނެ ގޮތުގެ މަޢުލޫމާތު ދެވުނެވެ. މ 
School Digitalization Programme
    		<description>Thinadhoo school distributes tablets for teachers.
Timetable
Substitution
User accounts