ތިނަދޫ ސްކޫލް ބެލެނިވެރިންގެ ހަފުތާގެ ޙަރަކާތްތައް 24 ޖުލައި 2018 ވަނަ ދުވަހު ފަށައިފިއެވެ. ކޮންމެ ކްލާހަކުން ކޭކް ފެޅުމުގެ ޙަރަކާތަކުން ފެށުނު މިހަފުތާގެ ޙަރަކާތްތައް ޖުލައިމަހުގެ 30 އާއި ހަމައަށް ކުރިޔަށް ދާނެއެވެ. ބެލެނިވެރިންގެ ހަފުތާގައި ކުރިޔަށް ގެންދެވޭ ޙަރަކާތްތަކުގެ ތެރޭގައި ހަތަރު ހައުސްގެ ބެލެނިވެރިން ވާދަ ކުރާ ތަފާތު މުބާރާތްތައް ހިމެނެއެވެ
Parent's week
- 5
Suvaalu Mubaaraai
ދިވެހި އަދަބީ ފޯވަހީގެ މުބާރާތްތަކުގެ ތެރޭގައި ހިމެނޭ ތާރީޚު ސުވާލު މުބާރާތް ބާއްވައިފިއެވެ. މިސުވާލު މުބާރާތް ބޭއްވުނީ ޖުލައި މަހުގެ 18 ވަނަ ދުވަހު ހަވީރު ތިނަދޫ ސްކޫލް ހޯލުގައެވެ
Raivaru Hushahelhun.
ދިވެހި އަދަބީ ފޯވަހީގެ މުބާރާތްތަކުގެ ތެރޭގައި ހިމެނޭ، ރައިވަރު ހުށަހެޅުމުގެ މުބާރާތް، 16 ޖުލައި 2018 ވަނަ ދުވަހު ހަވީރު 4:15 ގައި ތިނަދޫ ސްކޫލް ހޯލުގައި ބާއްވައިފިއެވެ. ޖުމުލަ 62 ދަރިވަރުން މި މުބާރާތުގައި ރައިވަރު ހުށަހަޅާފައިވެއެވެ
Kuru vaahaka Hushahelhun.
ދިވެހި އަދަބީ ފޯވަހީގެ މުބާރާތްތަކުގެ ތެރޭގައި ހިމެނޭ، ކުރުވާހަކަ ހުށަހެޅުމުގެ މުބާރާތް، 5 ޖުލައި 2018 ވަނަ ދުވަހު ހަވީރު 4:15 ގައި ތިނަދޫ ސްކޫލް ހޯލުގައި ބާއްވައިފިއެވެ. ޖުމުލަ 24 ކުދިން ވާހަކަ ހުށަހެޅި މި މުބާރާތުގައި ގިނަ ދަރިވަރުން ވާހަކަ ހުށަހަޅާފައިވަނީ އެކުއްޖެއްގެ ރަށު ބަހުރުވައިންނެވެ
PTA Fund Raising Program
ތިނަދޫ ސްކޫލުގެ ޕީޓީއޭ ގެ ފަރާތުން އިންޓަވަލް ދުވަހެއް ފާހަގަ ކޮށްފިއެވެ. 5 ޖުލައި 2018 ވަނަ ދުވަހު ހިންގުނު މި ޙަރަކާތުގައި ދަރިވަރުންނާއި މުވައްޒަފުންނަށް އިންޓަވަލް ލިބޭނެގޮތް ހަމަޖައްސައި ދެވިފައިވެއެވެ
މުވައްޒަފުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދެވުނު މެންދުރުގެ ބުފޭގައި، ތިނަދޫގެ އެކިއެކި މުއައްސަސާތަކުގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ
Khabaru Hushahelhumuge Mubaarai Baavvaifi.
ތިނަދޫ ސްކޫލުގެ އަދަބީ ފޯވަހީގެ ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ ޚަބަރު ހުށަހެޅުމުގެ މުބާރާތް ޖުލައިމަހުގެ 3 ވީ އަންގާރަ ދުވަހު ބާއްވައިފިއެވެ. 11 އަހަރުން ދަށާއި، 13 އަހަރުންދަށް އަދި 16 އަހަރުން ދަށުގެ ޢުމުރުފުރާތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވުނު މިމުބާރާތުގައި ޖުމުލަ 33 ދަރިވަރުން ޚަބަރު ހުށަހަޅާފައިވެއެވެ
މިފަދަ މުބާރާތްތައް ބޭއްވުމުގެ މަޤްޞަދަކީ ދަރިވަރުންގެ ކިބައިގައިހުރި ހުނަރުތައް އިތުރަށް ތަރައްޤީކޮށް، ކުރިއެރުވުމެވެ