• Math Camp 2019

          • މި ސްކޫލުގެ 'މެތު ކޭމްޕް' (ހިސާބު ކޭމްޕް) 18 އޮކްޓޫބަރ 2019 ވަނަ ދުވަހު ބޭއްވިއްޖެއެވެ.  ގްރޭޑް 4، 5 އަދި 6ގެ ދަރިވަރުންނަށް ބޭއްވުނު މި ކޭމްޕްގައި، ހިސާބު މާއްދާއިން ދަރިވަރުންނަށް އުދަގޫވާ ބައެއް ކޮންސެޕްޓްތައް ދަރިވަރުންނަށް ފަސޭހައިން ވިސްނޭނެހެން، ދިރިއުޅުމާ ގުޅުވައިގެން އޮޅުން ފިލުވައިދިނުމުގެ ގޮތުން ދަރިވަރުން ގަޔާވާފަދަ ޙަރަކާތްތަކެއް ގެންދެވުނެވެ.  މިގޮތުން ތުރީޑީ ޝޭޕްތައް ހެދުމާއި، ދިގުމިން، ބަރުދަން، ޕެރިމީޓަރ، އޭރިއާ، ވޮލިއުމް ހޯދުންފަދަ މަސައްކަތްތައް ޢަމަލީގޮތުން ކުރުމުގެ ފުރުޞަތު މި ކޭމްޕުން ދަރިވަރުންނަށް ފަހިކޮށްދެވުނެވެ. ވ 

            މި ކޭމްޕް ކާމިޔާބުކަމާއެކު ގެންދިއުމުގައި މި ސްކޫލުގެ ހިސާބު މުދައްރިސުންގެ އިތުރުން ލީޑިންގ ޓީޗަރުންނާއި، އެހެނިހެން މުދައްރިސުންނާއި މުއައްޒަފުން އަދި ބެލެނިވެރިންގެ ފަރާތުން އެހިތެރިކަން ލިބިފައި ވެއެވެ. ތ 

          • Teachers' Day 2019

          • ވަ 2019 ވަނަ އަހަރުގެ މުދައްރިސުންގެ ދުވަސް 6 އޮކްޓުބަރ ގައި، ވަރަށް ކުލަ ގަދަކޮށް މި ސްކޫލުގައި ފާހަގަ ކުރެވުނެވެ.  ޤައުމު ބިނާކުރުމަުގައި މުދަްރިސުންގެ ދައުރުގެ މުހިއްމުކަން ފާހަކުރުމާއެކު، މުދައްރިސުން ކުރައްވާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ބޭނުމުގައި ފާހަގަކުރި މި ދުވަސް ފެށުނީ 7:00 ގައި މުދައްރިސުން ސްކޫލަށް ޙާޟިރު ވުމާއެކު އެސް.އެމް.ޓީގެ މެމްބަރުންގެ ފަރާތުން ކޮންމެ މުދައްރިސަކަށް ވެދުންކުރެވުނު ފިނިފެންމަލަކުންނެވެ.  ޕީ.ޓީ.އޭގެ ބެލެނިވެރިންނާއި، ސްކޫލުގެ އަމުރުވެރި ދަރިވަރުންވެސް ބައިވެރިވި މި ޙަރަކާތަށްފަހު ދެންއޮތީ މުދައްރިސުންގެ ޝަރަފުގައި އޮތް ރިފްރެޝްމެންޓެކެވެ.  އެއަށްފަހު ދެން އޮތީ މުދައްރިސުންގެ ދުވަހަށް ޚާއްޞަކޮށްގެން ބޭއްވި އެސެމްބްލީއެވެ.  މި އެސެމްބްލީގައި މުދައްރިސުންނަށް ޝުކުރާއި ސާބަހުގެ ދެ ލަވަ ދަރިވަރުން ހުށަހަޅައިދިނެވެ.  އަދި އަމުރުވެރި ދަރިވަރުންގެ ފަރާތުން މުދައްރިސުންނަށް ޝަރަފުގެ ކާޑު ޙަވާލުކުރުން އޮތެވެ. ވ

            ދުވަހުގެ ސެޝަން ހިގަމުންދިޔައިރު، ދަރިވަރުންގެ ފަރާތުން މުދައްރިސުންނަށް މަލުގެ ގުލްދަސްތާތަކާއި ކާޑު ތައް ހަދިޔާކުރުމާއި ކްލާސްތަކުގައި ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން މުދައްރިސުންގެ ޝަރަފުގައި ކޭކުފެޅުންފަދަ އުފާވެރި ޙަރަކާތްތައް ކުރިޔަށް ދިޔައެވެ. ސެޝަން ނިމުމަށްފަހު މުދައްރިސުންގެ ދުވަހުގެ ޚާއްޞަ ކޭކު ފެޅުމާއި ސްޓާފުންނަށް ސްކޫލުގެ ފަރާތުން ދޭ ހަދިޔާ، ސްކޫލުގެ ސްޓާފުންގެ އެކްޓިވިޓީ ޓީޝާޓް ޙަވާލުކުރުން އޮތެވެ. ނ

            އޮކްޓޫބަރ 7 ވަނަ ދުވަހުގެ ރޭ ސީކްރެޓް ފްރެންޑުންގެ ހަދިޔާ ބަދަލުކުރުމާއި، މަޖާ ގޭމްތައް ކުޅުމުގެ އިތުރުން ހުރިހާ ސްޓާފުން އަމިއްލައަށް ތައްޔާރުކުރި ރޭގަނޑުގެ ކެއުމެއް އޮތެވެ.  މުދައްރިސުންގެ ދުވަހާ ގުޅުވައިގެން ސްކޫލުގެ ފަންޑު މުއްސަނދި ކުރުމުގެ މަޤުޞަދުގައި 10 އޮކްޓޫބަރ ގައި ވެހިކަލް ދޮވެ ސާފުކުރުމުގެ ޙަރަކާތެއް ހުރިހާ ސްޓާފުންގެ ބައިވެރިވުމާއެކު ކުރިޔަށް ގެންދެވުނެވެ.  އަދި 10 ވަނަ ދުވަގެރޭ، ބެލެނިވެރިންގެ ފަރާތުން މުދައްރިސުންނަށް ދެއްވި ސަރޕްރައިޒް ޑިނަރއެއް އޮތެވެ.ނ  

          • Heylhi Camp

          • މި ސްކޫލުގެ ސްކައުޓުންނާއި ގާރލްގައިޑުންނަށް ބޭއްވުނު އެއްދުވަހުގެ އޯވަރނައިޓް ކޭމްޕް، "ހޭޅި ކޭމްޕް" މި ސެޕްޓެމްބަރުމަހު 3 ވަނަ ދުވަހު މެންދުރު ފަހު 2:00ން ފެށިގެން 4ވަނަ ދުހުގެ 6:00އަށް ކުރިޔަށް ގެންދެވުނެވެ.  މިއީ، ދަރިވަރުންނަށް،ދިރިއުޅުމުގެ ރީތި އާދަތައް ދަސްކޮށްދީ އެކަންކަން އެ ކުދިންގެ ކިބައިގައި އަށަގެންނުވުމާއެކު، އެކަކު އަނެކަކަށް އިޙުތިރާމް ކުރުމާއި، ވަގުތަށް ޙުރުމަތްތެރިކޮށްހިތުމާއި، އަމިއްލަނަފްސަށް އިތުބާރުކުރަން ދަސްކޮށްދިނުމާއި، ތަފާތު މިޒާޖުގެ ކުދިންނާ އެކުގައިއުޅެން ދަސްކޮށްދިނުމުގެ އިތުރުން ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ބައެއް ހުނަރުތައް ދަސްކޮށްދިނުމުގެ މަޤްޞަދުގައި ބޭއްވުނު ކޭމްޕެކެވެ. 

            މި ކޭމްޕުގައި މި ސްކޫލުގެ ހުރިހާ ސްކައުޓުންނާއި ގައިޑުން ބައިވެރިވެފައިވާއިރު، ކޭމްޕުގެ މުދައްރިބުންގެ ގޮތުގައި މި ސްކޫލުގެ ސްއުޓް ލީޑަރުންނާއި ގައިޑް ލީޑަރުން ބައިވެރިވެފައި ވެއެވެ.  މީގެ އިތުރުން މި ސްކޫލުގެ ގިނަ ޓީޗަރުންނާއި ގދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ސްކައުޓުން ވޮލަންޓިއަރުންގެ ގޮތުގައި މި ކޭމްޕްގައި އެހީތެރިވެ ދެއްވާފައި ވެއެވެ.    

            މި ކޭމްޕް ކުރިޔަށް ގެންދިއުމުގައި މި ސްކޫލުގެ ބެލެނިވެރިންނާއި އެންމެހައި މުއައްޒަފުންގެ ފަރާތުން ވަރަށް ފުރިހަމައަށް އެހީތެރިކަމާއި އެއްބާރުލުން ލިބިފައި ވެއެވެ.ގ 

          • Beleniveringe Dhuvas Faahagakurun

          • މި ސްކޫލުގެ ބެލެނިވެރިންގެ  ދުވަހުގެ ޙަރަކާތްތައް 29 ސެޕްޓެމްބަރ 2019 ވަނަ ދުވަހު ފެށިގެން ކުރިޔަށް ގެންދެވިފައި ވެއެވެ.  މިއީ މި ސްކޫލުގެ މުދައްރިސުންނާއި ބެލެނވެރިންގެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ މަޤުޞަދުގައި ހިންގުނު ޙަރަކާތްތަކެކެވެ.  މިގޮތުން ހިންގުނު ޙަރަކާތްތަކުގެތެރޭގައި

            29 ސެޕްޓެމްބަރގައި ބައިސްކަލް ބުރަކާއި ވައުދެމުން

            31 ސެޕްޓެމްބަރގައި އޮބްސްޓަކްލް ރޭސް

            2 އޮކްޓޫބަރގައި ދަރިވަރުންގެ ފަރާތުން ބެލެނިވެރިންނަށް ކާޑު ހަދިޔާކުރުން

            2 އޮކްޓޫބަރގައި މުދައްރިސުންގެފަރާތުން ބެލެނިވެރިންނަށް ދެއްވި ރޭގަނޑުގެ ފަރީއްކޮޅު ފާހަގަ ކޮށްލެވެއެވެ. 

            ގިނަ ޢަދަދެއްގެ ބެލެނިވެރިން ބައިވެރިވި މި ޙަރަކާތްތައް ކުރިޔަށް ގެންދިއުމުގައި މި ސްކޫލުގެ އެންމެހައި މުއައްޒަފުންގެ ފަރާތުން ވަރަށް ފުރިހަމައަށް އެހީތެރިކަމާއި އެއްބާރުލުން ލިބިފައި ވެއެވެ. 

          • Inter school Science Fair in Fakhuruveri Kaamiyaabeethakeh Libijje

          • ގދ.އަތޮޅު ތަޢުލީމީ މަރުކަޒުން އިންތިޒާމްކޮށްގެން، 25 ސެޕްޓެމްބަރ 2019 ގައި ބޭއްވުނު އިންޓަރ ސްކޫލް ސައިންސް ފެއަރގައި މި ސްކޫލުން ބައިވެރިވެ، ފަޚުރުވެރި ކާމިޔާބުތަކެއް ލިބިއްޖެއެވެ.  މި ސްކޫލުގެ އިތުރުން، އަބޫބަކުރު ސްކޫލާއި ގދ.އަތޮޅު ތަޢުލީމީ މަރުކަޒުން ބައިވެރިވި މި ފެއަރގައި މިސްކޫލުގެ ގްރޭޑް 4، 5، އަދި 6ން ޖުމްލަ 12 ޕްރޮޖެކްޓެއްގައި 72 ދަރިވަރުން ބައިވެރިވެފައި ވެއެވެ.  ތިނަދޫ ކައުންސިލުން ސްޕޮންސަރ ކޮށްގެން ބޭއްވުނު މި ފެއަރގައި އެކި ގްރޭޑްތަކުން ބައިވެރިކުރި ޕްރޮޖެކްޓްތަކުގެތެރެއިން،

            ގްރޭޑް 4 ން 2 ވަނަ

            ގްރޭޑް 5 ން 1 ވަނަ، 2 ވަނަ، އަދި 3 ވަނަ

            ގްރޭޑް 6 ން 1ވަނަ މި ސްކޫލަށް ލިބިފައިވެއެވެ. ޔ

            މި ފެއަރއަށް ޕްރޮޖެކްޓްތައް ތައްޔާރުކުރުމުގައި މުދައްރިސުން ކުރެއްވި ބުރަ މަސައްކަތާއި، ބެލެނިވެރިންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން ފާހަގަ ކުރެވުނެވެ. 

          • Inter house 5 vana Madhaha Mubaaraaiy

          • މި ސްކޫލުގެ އިންޓަރހައުސް 4 ވަނަ މަދަޙަ މުބާރާތް ސެޕްޓެމމްބަރ 18 އަދި 19 ވަނަ ދުވަހު ކުރިޔަށް ގެންދެވުނެވެ.  މި މުބާރާޓުގައި މި ސްކޫލުގެ ހަތަރު ހައުސުން ޖުމްލަ 115 ދަރިވަރުން ވާދަކޮށްފައިވެއެވެ.  މި މުބާރާތަކީ މި ސްކޫލުގެ ދަރިވަރުންގެމެދުގައި އިސްލާމް ދީނާއި ކީރިތި ރަސޫލާ އަށް ލޯބި ޖެއްސުމާއެކު ކީރިތި ރަސޫލާގެ ސީރަތަށް ދަރިވަރުން ހޭލުންތެރި ކުރުވުމުގެ އިތުރުން ދަރިވަރުންގެ ކިބައިގައި މަދަޙަ ކިޔުމުގެ ހުނަރު ކުރިއެރުވުމުގެ މަޤުޞަދުގައި ބޭއްވުނު މުބާރާތެކެވެ.  5 ޢުމުރުފުރައަކަށް ބާލައިގެން ކުރިޔަށް ގެންދިޔަ މި މުބާރާތުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ޔާގޫތު ހައުސްގެ މަރްޔަމް ތީޖާން ސިނާނެވެ.  ފެންފިޔާޒް ހައުސްގެ ޔަނާލް ޢަބްދުﷲ ޝަރީފް މުޅި މުބާރާތުން ދެވަނަ ހޯދާފައިވާއިރު 3 ވަނަ ޙާޞިލް ކޮށްފައިވަނީ ޔާގޫތު ހައުސްގެ އަޝްހަމް އަޙުމަދު ވަޙީދެވެ.  މުޅި މުބާރާތުން 3 ވަނަ ހައުސްއަކަށް ފެންފިޔާޒް ހައުސް ހޮވިފައިވާއިރު 2 ވަނަ ޙާޞިލް ކޮށްފައިވަނީ ޔާގޫތު ހައުސެވެ.  އަދި މުޅި މުބަރާތުގެ ފަޚުރުވެރި 1 ވަނަ ޙާޞިލް ކޮށްފައިވަނީ ފީރޯޒް ހައުސެވެ.  މި މުބާރާތުގައި ފަނޑިޔާރުކަން ކޮށްދެއްވީ މޯލްޑިވިއަން އައިޑޮލްއިން މަޝްހޫރުވި ކުޅަދާނަ ލަވަކިއުންތެރިޔާ މުޙައްމަދު ޒަލީފް ޢަބްދުﷲއާއި، ތިނަދޫގައި މިޒިކުގެ ދާއިރާއިން ފުންނާބު އުސް ލަވަކިޔުންތެރިއެއްކަމަށްވާ އިބްރާހީމް އަސްޢަދުގެ އިތުރުން، ދިވެހިބަހަށް ކުޅަދާނަ ބޭފުޅެއްކަމުގައިވާ ޢަދުނާނު އިސްމާޢިލްވެ.  މި މުބާރާތް ނިންމުގެ ރަސްމިއްޔާތުގައި މުބާރާތުގައި ބައިވެރިވި ދަރިވަރުންނާއި ފަނޑިޔާރުންނަށް ހަނދާނީ ލިޔުން ދިނުމުގެ އިތުރުން، ވަނަވަނައަށް ހޮވުނު ދަރިވަރުންނަށް ސެޓްފިކެޓް ދިނުމާއި މުބާރާތުން 1 ވަނަ ހޯދި ދަރިވަރުންނަށް ތަށްޓާއި،  ސެޓޤފިކެޓް ދިނުން އޮތެވެ.  މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާނަކީ މިއުޒިކުގެ ރޮގުން ތިނަދޫއަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ކުޅަދާނަ ކީބޯޑް ކުޅުންތެރިޔާ އަދި ލަވަކިއުންތެރިޔާ މުޙައްމަދު އަޚުތަރެވެ.   މ