• Farukoe 2018

          • ދިވެހިރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުން ، ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކަށާއި ފަރުތަކަށް ދިމާވާ މައްސަލަތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މިނިސްޓްރީ އޮފްް އެޑިއުކޭޝަނުން ކުރިޔަށް ގެންދަވާ 'ފަރުކޮއި' ޕްރޮގްރާމުގެތެރެއިން މި ސްކޫލުގެ 472 ދަރިވަރުން ފަރަށް ފީނައިގެން ތިނަދޫ ދެކުނުފަރާތުގައި އޮންނަ ކޮޑަކަނޑުގެ ފަރު ބެލުމުގެ ޙަރަކާތް ފުރިހަމަ ކޮށްފިއެވެ.  މި ޙަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ އޮކްޓޫބަރ 23، 24، އަދި 25 މި ތިން ދުވަހުއެވެ.  މި ޕްރޮގްރާމް ކުރިޔަށް ގެނދިއުމުގައި މި ސްކޫލުގެ ދަރިވަރުންނާއި މުދައރިސުން ވަރަށް ޝައުޤުވެރިކަމާއެކު ބައިވެރިވިކަން ފާހަގަ ކުރެވުނެވެ.  3 ދުވަހުގެ މުއްދަތަށް ގެންދެވުނު މި ޕްރޮގްރާމުގައި މި ސްކޫލުގެ ބެލެނިވެރިންގެ އިތުރން، ތިނަދޫ ޕްލިސް ސްޓޭޝަނާއި އެމް.އެން.ޑީ.އެފް (ކާނޑެއްދޫ)ގެ އިތުރުން ތިނަދޫ ފަޔަރ ސްޓޭޝަނާއި، ޑރ.ޢަބދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ފަރާތުން ވަރަށް ބޮޑަށް އެހީތެރިކަން ލިބިފައި ވެއެވެ.  މީގެ އިތުރުން، ތިނަދޫ، ތާޖް، ނަސީމުގެ ފަރާތުންނާއި، ގދ.އަތޮޅު ތަޢުލީމީ މަރުކަޒާއި ތިނަދޫ ތޯތާގޭގެ ފަރާތުން ވަރަށް ފުރިހަމަ އެހީތެރިކަމެއް ލިބިފައި ވެ.

            މ

          • The Purples (Fund rising event)

          • ތިނަދޫ ސްކޫލްގެ ދަރިވަރުންގެ ފަންނަނުވެރި ހުނަރުތަކާއެކު "ދަ ޕާޕްލްސް" ސްޓޭޖް ޝޯވް މިއަދު (19 އޮކްޓޯބަރ 2018) ސްކޫލް ހޯލުގައި ފެށިއްޖެއެވެ. ފުރަތަމަ ޝޯއަށް ވަރަށް ބޮޑު ތަރްޙީބެއް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ. ދެވަނަ ޝޯވް އޮންނާނީ ހުކުރު ދުވަހު 20:30 ގައެވެ

          • Staff Madhaha Competition 2018.

          • ތިނަދޫ ސްކޫލުގެ މުވައްޒަފުންގެ މަދަޙަ މުބާރާތް 13 އޮކްޓޯބަރ 2018 ވަނަ ދުވަހު ސްކޫލް ހޯލުގައި ކުރިއަށް ގެންދެވިއްޖެއެވެ. މިމުބާރާތް ކުރިޔަށް ގެންދެވުނީ ވަކިވަކިންނާއި ގްރޫޕްކޮށެވެ. ހަތަރު ހައުސްއާއި އެސް.އެމް.ޓީ ގެ މުވައްޒައްފުން ބައިވެރިވެލެއްވި މިމުބާރާތުގެ ވަނަތަކަށް އިނާމު ހުށަހަޅުއްވާފައިވަނީ، ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ނާއިބް އޮނަރަބަލް ޢަބްދުﷲ ޖިހާދުއެވެ. މިމުބާރާތަކީ ޓީޗަރުންގެ ދުވަހާއި ގުޅިގެން ބޭއްވުނު މުބާރާތެކެވެ

          • INTER HOUSE MADHAHA MUBAARAAI

          • ތިނަދޫ ސްކޫލުގެ އިންޓަރހައުސް 3 ވަނަ މަދަޙަ މުބާރާތް ފެށިއްޖެއެވެ. 8 ސެޕްޓެމްބަރ 2018 (ހޮނިހިރު) ދުވަހު ހެނދުނު 10:00 ގައި ތިނަދޫ ސްކޫލް ހޯލުގައި ފެށުނު މި މުބާރާތުގެ ފުރަތަމަ ދަންފަޅީގައި 6 އަރުން ދަށާއި 7 އަހަރުން ދަށުގެ ޢުމުރުފުރާގެ ޖުމުލަ 34 ކުދިންވަނީ މަދަޙަ ހުށަހަޅާފައެވެ

          • ADHABEE FOAVAHI

          • ތިނަދޫ ސްކޫލުގެ ހަތަރު ބައިގެ މެދުގައި ބޭއްވުނު އަދަބީ ފޯވަހި ނިމުމުގެ ރަސްމިއްޔާތު 16 އޮގަސްޓް 2018 ގައި ތިނަދޫ ސްކޫލު ހޯލުގައި ބޭއްވިއްޖެއެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ.ޢަލީ ޝަމީމެވެ. އެމަނިކުފާނުގެ އިތުރުން ދިވެހި ބަހުގެ އުސްތާޛު އަލްފާޟިލް އާދަމް ނަސީރު އިބްރާހީމް އާއި ހިލޭ ސާބަހަށް މަސައްކަތް ކުރުމުގެ ރޮނގުން 2016 ވަނަ އަހަރު ހިތްވަރު ދިނުމުގެ އިނާމު ޙާޞިލް ކުރައްވާފައިވާ ޙަސަން ޝިޔާމު ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން ތިނަދޫގެ ތަޢުލީމީ މުވައްސަސާތަކުގެ އިސްވެރިންނާއި، މުބާރާތްތަކަށް އިންޞާފު ކުރެއްވި ފަނޑިޔާރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ

          • Enrollment ceremony 2018.

          • ތިނަދޫ ސްކޫލުގެ ޔުނީފޯމް ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ ސްޓަރ، ލިޓްލްމެއިޑް އަދި ގަރލްގައިޑް އެންރޯލް ކުރުމުގެ ރަސްމިއްޔާތު 8 އޯގަސްޓް 2018 ވަނަ ދުވަހު . ހަވީރު ތިނަދޫ ސްކޫލް ހޯލުގައި ބާއްވައިފިއެވެ. މިރަސްމިއްޔާތުގައި އަބޫބަކުރު ސްކޫލުގެ ޕްރިންސިޕަލްގެ އިތުރުން އެސްކޫލުގެ ގައިޑް ލީޑަރުން ބައިވެރިވެ ލެއްވިއެވެ

          • Investiture 2018

          • ތިނަދޫ ސްކޫލުގެ ސްކައުޓު އިންވެސްޓިޗަރ ބާއްވައިފިއެވެ. ޕްރީ ކަބް، ކަބް ސްކައުޓް އަދި ސްކައުޓުން ހިމެނޭގޮތަށް ބޭއްވުނު މިރަސްމިއްޔާތުގައި ދުނިޔޭގެ ސްކައުޓް ރައީސް ދެއްވާ ޚާއްޞަ ބެޖް ޙާޞިލް ކުރައްވާފައިވާ އަނޫފް ބައިވެރިވެ އޭނާ އެމަޤާމް ޙާޞިލު ކުރެއްވުމަށް ކުރެއްވި މަސައްކަތް ޙިއްޞާ ކުރެއްވިއެވެ. އަދި ސްކައުޓް ސޭޝް ޙާޞިލް ކުރި ދަރިވަރަށް ސޭޝް ޙަވާލުކޮށް ދެއްވީވެސް އަނޫފް އެވެ. މިރަސްމިއްޔާތުގައި ސްކައުޓުންގެ ފަރާތުން ތަފާތު ހުނަރުވެރި ޙަރަކާތްތައް ހުށަހަޅާފައިވެއެވެ. ރަސްމިއްޔާތު ބޭއްވުނީ 5 އޯގަސްޓް 2018 ވަނަ ދުވަހު ހަވީރު 16:30 ގައި ތިނަދޫސްކޫލް ހޯލުގައެވެ

          • INTER-HOUSE DRAMA COMPETITION

          • ދިވެހި އަދަބީ ފޯވަހީގެ މުބާރާތްތަކުގެ ތެރޭގައި ހިމެނޭ އަދަބީ ބަހަށް ތަމްޘީލް ކުޅުމުގެ މުބާރާތް ތިނަދޫ ސްކޫލުގެ ހޯލުގައި ބާއްވައިފިއެވެ. ތިނަދޫ ސްކޫލުގެ ހަތަރުހައުސްގެ މެދުގައި ބޭއްވުނު މިމުބާރާތް ބޭއްވިފައިވަނީ 1 އޯގަސްޓް 2018 ވަނަ ދުވަހު 16:15 ގައެވެ 

          • Parent's week 2018.

          • ތިނަދޫ ސްކޫލުގެ ބެލެނިވެރިންގެ ހަފުތާގެ ޙަރަކާތްތައް ނިންމުން 31 ޖުލައި 2018 ވަނަ ދުވަހުގެރޭ ސްކޫލުގެ ގްރީން އޭރިޔާގައި ބޭއްވިއްޖެއެވެ. ބެލެނިވެރިންގެ ހަފުތާގެ އެކިއެކި މުބާރާތްތަކުން ވަނަވަނައަށް ހޮވިފައިވާ ޓީމް ތަކަށާއި ކުޅުންތެރިންނަށް އިނާމު ދިނުމަށް ބޭއްވުނު ޙަފުލާގައި އެކިއެކި މުބާރާތްތައް ސްޕޮންސަރ ކުރެއްވި ފަރާތްތަކަށް ސްކޫލުގެ ފަރާތުން ހަނދާނީ ލިޔުން ޙަވާލުކުރެވުނެވެ

          • Parent's week

          • ތިނަދޫ ސްކޫލް ބެލެނިވެރިންގެ ހަފުތާގެ ޙަރަކާތްތައް 24 ޖުލައި 2018 ވަނަ ދުވަހު ފަށައިފިއެވެ. ކޮންމެ ކްލާހަކުން ކޭކް ފެޅުމުގެ ޙަރަކާތަކުން ފެށުނު މިހަފުތާގެ ޙަރަކާތްތައް ޖުލައިމަހުގެ 30 އާއި ހަމައަށް ކުރިޔަށް ދާނެއެވެ. ބެލެނިވެރިންގެ ހަފުތާގައި ކުރިޔަށް ގެންދެވޭ ޙަރަކާތްތަކުގެ ތެރޭގައި ހަތަރު ހައުސްގެ ބެލެނިވެރިން ވާދަ ކުރާ ތަފާތު މުބާރާތްތައް ހިމެނެއެވެ

          • Suvaalu Mubaaraai

          • ދިވެހި އަދަބީ ފޯވަހީގެ މުބާރާތްތަކުގެ ތެރޭގައި ހިމެނޭ ތާރީޚު ސުވާލު މުބާރާތް ބާއްވައިފިއެވެ. މިސުވާލު މުބާރާތް ބޭއްވުނީ ޖުލައި މަހުގެ 18 ވަނަ ދުވަހު ހަވީރު ތިނަދޫ ސްކޫލް ހޯލުގައެވެ

          • Raivaru Hushahelhun.

          • ދިވެހި އަދަބީ ފޯވަހީގެ މުބާރާތްތަކުގެ ތެރޭގައި ހިމެނޭ، ރައިވަރު ހުށަހެޅުމުގެ މުބާރާތް، 16 ޖުލައި 2018 ވަނަ ދުވަހު ހަވީރު 4:15 ގައި ތިނަދޫ ސްކޫލް ހޯލުގައި ބާއްވައިފިއެވެ. ޖުމުލަ 62 ދަރިވަރުން  މި މުބާރާތުގައި ރައިވަރު ހުށަހަޅާފައިވެއެވެ

          • Kuru vaahaka Hushahelhun.

          • ދިވެހި އަދަބީ ފޯވަހީގެ މުބާރާތްތަކުގެ ތެރޭގައި ހިމެނޭ، ކުރުވާހަކަ ހުށަހެޅުމުގެ މުބާރާތް، 5 ޖުލައި 2018 ވަނަ ދުވަހު ހަވީރު 4:15 ގައި ތިނަދޫ ސްކޫލް ހޯލުގައި ބާއްވައިފިއެވެ. ޖުމުލަ 24 ކުދިން ވާހަކަ ހުށަހެޅި މި މުބާރާތުގައި ގިނަ ދަރިވަރުން ވާހަކަ ހުށަހަޅާފައިވަނީ އެކުއްޖެއްގެ ރަށު ބަހުރުވައިންނެވެ

          • PTA Fund Raising Program

          • ތިނަދޫ ސްކޫލުގެ ޕީޓީއޭ ގެ ފަރާތުން އިންޓަވަލް ދުވަހެއް ފާހަގަ ކޮށްފިއެވެ. 5 ޖުލައި 2018 ވަނަ ދުވަހު ހިންގުނު މި ޙަރަކާތުގައި ދަރިވަރުންނާއި މުވައްޒަފުންނަށް އިންޓަވަލް ލިބޭނެގޮތް ހަމަޖައްސައި ދެވިފައިވެއެވެ

            މުވައްޒަފުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދެވުނު މެންދުރުގެ ބުފޭގައި، ތިނަދޫގެ އެކިއެކި މުއައްސަސާތަކުގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ

          • Khabaru Hushahelhumuge Mubaarai Baavvaifi.

          • ތިނަދޫ ސްކޫލުގެ އަދަބީ ފޯވަހީގެ ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ ޚަބަރު ހުށަހެޅުމުގެ މުބާރާތް ޖުލައިމަހުގެ 3 ވީ އަންގާރަ ދުވަހު ބާއްވައިފިއެވެ. 11 އަހަރުން ދަށާއި، 13 އަހަރުންދަށް އަދި 16 އަހަރުން ދަށުގެ ޢުމުރުފުރާތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވުނު މިމުބާރާތުގައި ޖުމުލަ 33 ދަރިވަރުން ޚަބަރު ހުށަހަޅާފައިވެއެވެ

            މިފަދަ މުބާރާތްތައް ބޭއްވުމުގެ މަޤްޞަދަކީ ދަރިވަރުންގެ ކިބައިގައިހުރި ހުނަރުތައް އިތުރަށް ތަރައްޤީކޮށް، ކުރިއެރުވުމެވެ

          • ބެލެނިވެރިންގެ ބައްދަލުވުން

          •  
            

            ސްކޫލް ޑިޖިޓަލައިޒިންގ ޕްރޮގްރާމަށް ބެލެނިވެރިން އަހުލުވެރިކުރުމަށްޓަކައި ބެލެނިވެރިންގެ ޢާންމު ބައްދަލުވުމެއް ބާއްވައިފިއެވެ.  މި ބައްދަލުވުމުގައި މި ސްކޫލުގެ 337 ބެލެނިވެރިންނާއި ސްކޫލުގެ ހުރިހާ މުއައްޒަފުން ބައިވެރިވިއެވެ.  މި ބައްދަލުވުމުގައި 2018 ވަނަ އަހަރުގެ ފުރަތަމަ ޓާމުގައި ސްކޫލް ހިގާފައިވާ ގޮތާއި، ދެވަނަ ޓާމުގައި ސްކޫލުގައި ކިޔަވައިދިނުން ރޭވިފައިވާ ގޮތުގެ މަޢުލޫމާތު ޕްރިންސިޕަލް ދެއްވިއެވެ. ފ

            މިއަހަރުގެ ދެވަނަ ޓާމުގައި ކިޔަވައިދޭ ބައެއް ގަޑިތަކުގައި ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދިނުމަށް ހަމަޖެހިފައިވާތީ އެކަމާ ގުޅޭގޮތުން ބެލެނިވެރިންނަށް މަޢުލޫމާތު ދެވުނެވެ.  އެގޮތުން ޓެބްލެޓް ބޭނުންކުރުމުގައި ދަރިވަރުން އަދި ބެލެނިވެރިން ޢަމަލުކުރާނޭގޮތާއި، އުނގަންނައިދިނުމުގައި ޓެބްލެޓް ބޭނުންކުރާނެ ގޮތުގެ މަޢުލޫމާތު ދެވުނެވެ. މ 

            މީގެ އިތުރުން 2018 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ އަދި ދެވަނަ ކުއާޓަރގައި ޙާޟީރީއިން 100 އިންސައްތަ ހޯދި މުއައްޒަފުންނަށް ޕީ.ޓީ.އޭގެ ފަރާތުން ފައިސާގެ އިނާމު ދިނުން އޮތެވެ. ގ

        • Timetable
          • Timetable

          • View or print your current timetable. The latest timetable was published on: 12/11/2024
        • Substitution
          • Substitution

          • View the daily substitution changes to your timetable. The latest substitution was published on: 24/11/2024
        • User accounts
          • User accounts

          • For some parts of timetable or substitution, you may need to login. If you lost your password, please use the link “I do not know the login name or password” and type in your email. If you haven’t received the password yet, please wait, the school will provide you with one when everything is the ready to go.